އަދި ވިސްނާ ށެވެ. ތިމާ ބޭނުން ކޮންމެ ގޮތަކަށް ނުވާނެއެވެ. ތިމާ ބޭނުން ހައި އެއްޗެއް ނުލިބިވެސް ދާނެ އެވެ. އެކަމަކު އެކަމެއް ހާސިލް ކުރަން އެމީހަކަށް މަސައްކައި ކުރެވިދާއެނެއެވެ. ނޫން ތޯއެވެ. ދުނިޔެއަކީ ހިންހެޔޮ މީހުންނަށް ނަރަކަ އަކަށް ވެފައި ހަރުކަށި މީހުނަށް އާބާއްޖަވެރި ތަނަކަށް ނުވާނެއެވެ. ނަމަވެސް މިއީ މިކަން ގިނަ ފަހަރު ވާ ގޮތެވެ. މީހަކު މީހަކަށް ނުވަތަ ބަޔަކަށް ރަނގަޅަކަށް ކަމެއް ކޮށްދިނަސް އެބަޔަކު އެކަމެއް އެއީ ކަމެއް ގޮތުގަ ވެސް ނުދެކޭނެއެވެ. ގިނަފަހަރު އެބައި މީހުންގެ އަނގައިން ބޭރުވާ ބަސް ވެސް ވެގެން ދާނީ އަނެކާ ގެ ހިތުގެ ޒަހަމަކަށެވެ. މި ޒަހަމުގެ ގާތިލް އެނގި ހުރެ އެކަމަށް އިންކާރު ކުރާނެއެވެ. މިފަދަ މީހުން އަބަދުވެސް ބަލަ ބަލައި ތިބޭނީ ގުޅުމެއް ކަނޑައިލަން ބޭނުން ވެފައި ތިބޭ މީހުންގެ ފަރާތުން ނުރަނގަޅު ކަމެއް ފެނޭތޯއެވެ. ހަމަ އެފަދަ ކަމެއް ފެނިލާ އިރަށް ދެން އެޖެހުނީ ބޮޑުތާއެވެ. އެކަމަކީ ޒާތުގެ ގޮތުން ބޮޑު ކަމެއް ނުވަތަ ކުޑަ ކަމެއްތޯ ވެސް ނުބަލާނެއެވެ. އެމީހަކު ވެސް އާޙިރުގައި ވެގެން ދާނީ ބޮޑު ދައްޖާ ލަކަށެވެ. ވިސްނަވާށެވެ. ދުނިޔޭގެ ދިރި އުޅުމަކީ ހަމަ ކުޑަ ކުޑަ ދިރި އުޅުމެކެވެ. މަގެއްގައި ހިނގާފައި ދަމުން ގޮސް އެމަގެއް ނިމޭ އިރު އެ ހަޔާތުގެ ނިމުމުގެ ސިއްކަ ވެސް އޮންނާނީ ޖެހިފައެވެ. ދެން އޮންނާނީ ދެވަނަ ހަޔާތެވެ. ފުރަތަމަ ހަޔާތުގައި ކަޅު ހިތެއްގެ ވެރިއެއް ފަހުގެ ހަޔާތުގައި ރޮއެ ހިތާމަ ކުރަން ޖެހޭނީ އެހިތަށް ކަޅު ކުލަ އޭނާގެ އަމަލު ތަކުން އެރީތީއެވެ. މިހިރަ މިހިރަ ކަންކަމުން އިބްރަތް ހާސިލް ކުރާށެވެ. ތިމާ އަކީ މާ ދަރަޖަ މަތިވެރި މީހެއް ކަމަށް ދެކިފައި އަނެކާ އަކީ އެއްލާލައިފައި ވާ ކުނިކޮޅެއް ކަމަށް ނުދެކޭށެވެ. ތިމާގެ ހަޔާތުގެ މީޒާން ސީދާ ކުރުމުގައި އަނެކާގެ ހައްގު ތަކަށް އިޙްތިރާމް ކުރާށެވެ. އަނގައިން ބޭރުކުރެވޭ އެންމެ ބަހަކުން ވެސް މީހެއްގެ ދިރި އުޅުން ވިއްސި ވިހާލި ވެދާނެ ކަމަށް ބިރުވެތިވާށެވެ.
“It is difficult to say what is impossible, for the dream of yesterday is the hope of today and the reality of tomorrow.”
Wednesday, May 13, 2009
He will knw, ( to whome it may concern)
Subscribe to:
Post Comments (Atom)
3 comments:
anekka kaak baa????
great article, how would u like to publishing ur article on a dhivehi platform website www.muraasil.com
@mike guess who......xD
Post a Comment