Wednesday, March 25, 2009

College Islaahu kuramaa!

ތިޔަ ފެނިވަޑައި ގަންނަވަނީ ކޮލެޖް އިސްލާހު ކުރުމުގެ ނަމުގައި ކޮލެޖް ދަރިވަރުން ތަކެށް އިސް ނަގައިގެން ކުރި މުޒާހަރާގެ ތަސްވީރެކެވެ. ކޮލެޖްގެ މާހައުލުގައި ކިޔަވަމުން ދާއިރު އަޅުގަނޑަށް ވެސް ތަފާތު ތާކުންތާކު ނުޖެހޭ، ފީކަޅާ ބާގަނޑުތަށް ކޮލެޖް ގެ ތަފާތު ކަންކޮޅުތަކުން ފެނިފައި ވެއެވެ. ހާއްސަކޮށް ފެކަލްޓި އޮފް ޝަރީއާ އެންޑް ލޯއިންނެވެ. ނަމަވެސް އަޅުގަނޑު ހިތަށް އަރަނީ މިކަހަލަ ކަންތަކާ ޒިންމާވާން ތިބީ ކޮން ބައެއްތޯއެވެ. އަޅުގަނޑު އެ ފެކަލްޓީގެ ހުރިހާ ދަރިވަރުންނަށް ވެސް މި ފުރުސަތުގައި މި ގޮވާލަނީ ފެކަލްޓީގައި ހުރި ތާކުން ތާކުނުޖެހޭ ކޮސް ކަންތަކާ އެންމެހާ ދަރިވަރުން އަޑުއުފުލުމަށެވެ. ކޮލެޖް އިސްލާހު ކުރެވޭނީ ދަރިވަރުން ތެދުވެގެންނެވެ. ނޫންތޯއެވެ؟

No comments: