Saturday, May 2, 2009

I'm a MDP candidate! Vote 4 me!!!


އެމްޑޕީ މެމްބަރުނަށް ވީތީ ވޯޓް އެޅުން.....ޙުދުމުޙްތާރު ވެރިކަމަކަށް މަގުހުޅުވިގެން ދިޔުން!!!

އަޅުގަނޑުމެންގެ މިރާއްޖޭގައިވެސް މިގައުމަށް ޙާއްސަ ދުސްތޫރެއް ނުވަތަ ގާނޫނު އަސާސީ އެއް ވެއެވެ. އެދުސްތޫރުގެ އެއް ބިންގަލެއްކަމުގައި ވެފައި ވަނީ މިރާއްޖޭގެ އެންމެހާ އަފްރާދުންގެ ދިރިއުޅުން ތަންޟީމު ކުރުމެވެ. އެހެނީ ގައުމެއްގެ ދުސްތޫރު ނުވަތަ ދުސްތޫރީ އޮނިގަނޑު އުފެދިފައި ވަނީވެސް ފަރުދުންގެ ދިރިއުޅުން ތަންޟީމު ކުރުމުގެ އަސާސީ ގަވާއިދު ތަކުގެ މައްޗަށެވެ.

ޖުމްހޫރިއްޔަތެއްގެ ގޮތުގައިވާ އަޅުގަނޑުމެންގެ މިރާއްޖޭގެ، ގާނޫނީ އޮނިގަނޑުގައިވާ ފަދައިން މިގައުމުގެ ދައުލަތުގެ ބާރުތަށް ވަނީ ވަކި ކުރެވިފައެވެ. ގާނޫނު އަސާސީގެ 5 ވަނަ މާއްދާ އިން ފެށިގެން 7 ވަނަ މާއްދާއާ ހަމަޔަށް މި ބާރުތައް ވަރަށް ސާފުކޮށް ބަޔާން ކޮށްފައި ވެއެވެ. އެއީ ގާނޫނު ހެދުމުގެ ބަރާއި، ވެރިކަން ހިންގުމުގެ ބާރާއި އަދި އަދުލު އިންސާފު ގާއިމް ކުރުމުގެ ބާރެވެ. އަދި ހަމައެހެންމެ މިބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންކަން ގާނޫނު އަސާސީގެ 4 ވަނަ މާއްދާގައި ވަރަށް ޞަރީޙަކޮށް ބަޔާންކޮށްފައި ވެއެވެ.

އަޅުގަނޑުމެންގެ ބޯމަތީގައި މިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވަކިވަކި ކެންޑިޑޭޓުންގެ ކިބައިން އިވެމުންދާ އެއްވާހަކަ އަކީ "އެމްޑީޕީގެ ކެންޑިޑޭޓަކަށް ވީތީ ތިމަންނައަށް ވޯޓް އަޅަން ރައްޔިތުންނަށް މަޖުބޫރޭ" މިވާހަކައެވެ.

ވެރިކަމުގައި މިވަގުތުވާ އެމްޑީޕީ އިން ބުނަމުން ދަނީ އެމީހުންނަށް ގާނޫނީ ބިންގަލުގެ މަތީގައި، ގާނޫނީ ވެރިކަމެއް ހެޔޮގޮތުގައި ހިންގޭނީ އެބައިމީހުނަށް މަޖީލީހުގެ އަޢުލަބިއްޔަތު ލިބިގެންކަމެވެ.

ދިވެހިންނޭވެ! ހޭވެރިވާށެވެ! އަޅުގަނޑުމެންގެ ގާނޫނީ ނިޒާމުގައި އަދި ވަކިން ހާއްސަކޮށް ޒަމާނީ ޑިމޮކްރަސީ ޕްރެކްޓިސް ކުރާ އެންމެހާ ގައުމުތަކުގައި ވެސް ތިންބާރު ވަކިވެފައި އޮތުން އޮންނަނީ ވަރަށް މާތް މަގުސަދެއްގެ މައްޗަށެވެ. މިތިންބާރު ވަކި ކުރުމުގެ ބޭނުމަކީ ދައުލަތުގެ ހިމެނޭ އެއްވެސް ބާރަކުން ރައްޔިތުންގެ ހައްގަށް އުނިކަން ލިބިދޭފަދަ ކަމެއް ހިންގަމުން ދާނަމަ، އެކަމެއް ދައުލަތުގައި ހިމެނޭ އެހެން ބާރަކުން ހުއްޓުވުމެވެ. މިހެން ކަމަށް ވީހިނދު މިބާރުތަށް އެއްފަރާތެއްގެ އަތަށް ދިނުމުން ވާނީ ކީއްތޯއެވެ! މިފަދައިން މިބާރުތަށް އެއްފަރާތަކާ ހަވާލު ކުރާނަމަ އޭގެ މާނަ އަކީ އަޅުގަނޑުމެން އަމިއްލައަށް ޙުދުމުޙްތާރު ވެރިކަމަށް މަގުހުޅުވައިދޭނީއެވެ.

ޑިމޮކްރަސީގެ ގިނަ ގައުމުތަކުގައި މިބާރުތަށް ވަކި ވެފައި އޮތުމަށް ވަރަށް ބޮޑަށް ބާރު އަޅައެވެ. އެހެނީ މިބާރުތަށް އެއްފަރާތާއި ހަވާލު ކުރުމަކީ ރަނގަޅު ކަމެއް ނޫނެވެ. އެންމެ އެދެވިގެންވާ ގޮތަށް ތިންބާރު ތިންފަރަތާއި ހާވަލު ކުރުމުން ކޮންމެ ބާރެއްމެ، އަނެއްބާރެއް އޭގެ ދާއިރާއިން ބޭރުވިޔަ ނުދީ ހިފަހައްޓާނެއެވެ.

ސިޔާސީ ބޭނުމަކަށްޓަކައި، ގަނޫނީ ވެރިކަން ހިންގަން ނުވަތަ ހެޔޮ ވެރިކަމެއް ކުރަން މަޖީލީހުގެ އަޢުލަބިއްޔަތު ބޭނުން ވެޔޭ ކިޔައިގެން ދައްކަމުންދާ މިފަދަ ވަހަކަ ތަކަށް ރައްޔިތުން ފުރިހަމަ އަށް ހޭލުންތެރި ވާން ވެއްޖެ އެވެ.

ގަނޫނު އަސާސީ އިން ރައްޔިތުންގެ މަޖީލީހަށް ދީފައިވަނީ ހަމައެކަނި ގާނޫނު ހެދުމުގެ ބާރެއްނޫނެވެ. ސަރުކާރު ހިންގާ ފަރާތުން ކުރާ ކަންތަށް ބަލައި، ސަރުކާރު ހިންގާ ފަރާތުން ގާނޫނު އަސާސީ އިން ލިބި ދީފައިވާ ބާރެއް ނަހަމަ ގޮތުގައި ބޭނުން ކުރާނަމަ އެކަމެއް ހުއްޓުވުމަކީ ވެސް އެމީހުންގެ މަސްއޫލިއްޔަތެކެވެ. ގާނޫނު އަސާސީގެ 70ވަނަ މާއްދާގެ ތިންވަނަ ނުކުތާގައިވާ ފަދައިން ވެރިކަން ހިންގުމުގެ ބާރުގެ ފަރާތުން ކުރާކަންތަށް ހިނގާ ނުހިނގާ ގޮތް ބެލުމާއި، ވެރިކަން ހިންގުމުގެ ބާރު ޖަވާބުދާރީ ކުރުވުމަކީ ވެސް މަޖިލީހުގެ ޒިންމާއެކެވެ.ވާޖިބެކެވެ.

ވިސްނަވާށެވެ! ވެރިކަން ހިންގުމުގެ ދެބާރު އެއްވެއްޖެ ނަމަ ނުވަތަ އެދެބާރު އެއްފަރާތެއްގެ މުށުތެރެއަށް ވަދެއްޖެ ނަމަ ދެންވާނީ ކީއްތޯއެވެ.! ދަންނަވަންތޯއެވެ. އޭރުން ވާނީ ކުރިން ވެސް މިރާއްޖޭގައި ވަމުން ދިޔަ ގޮތެވެ. އަޅުގަނޑަށް ކުރިން މިރާއްޖޭގެ ދުސްތޫރީ ނިޒާމު ސިފަ ކުރެވެނީ އަދީ ގަބޫލް ކުރެވެނީވެސް އެންމެ ކުރީ ޒަމާނުގެ ޙުދުމުޙްތާރު ރަސްކަމެއްގެ ސިފައިގައެވެ. ރަސްކަލަކާއި އެނާގެ އަޅުން ތަކެކެވެ. ރަސްގެފާނަށް ވަފާތެރި އޭނާގެ ވަޒީރުން ތަކެއްވެސް އައްޔަން ވެފައި ވެއެވެ. ގައުމުގެ ކިރިޔާވެސް ބާރެއް ލިބިފައި އޮތް މީހެއްވިޔަސް ގެންގުޅެނީ ބޮޑުމަސް، ކުދިމަސް އައިނު ކާލާ އުސޫލެވެ.

މިހެންވީ ކީއްވެގެންތޯއެވެ. ރައްޔިތުންގެ މަޖިލީހުގައި ތިއްބެވީ ވެރިޔާ އަށް ވަފާތެރިންނެވެ. މިނިސްޓަރީތަކުގެ ބޮޑުންނަށް ތިއްބެވީ ވެރިޔާ އަށް ވަފާތެރިންނެވެ. މިހެން ވީ އިރު ނިކަމެތި ރައްޔިތުން ލައްވައި ވެރިޔާ، އޭނާ އަށް ސަޖިދަ ޖެހުވިއަސް ދެން ތިއްބެވި ބޮޑުން، "ޗުއްޕު" އޭވެސް ބުނާނެ ހެއްޔެވެ. ނުބުނާނެއެވެ!

ދެންބައްލަވާށެވެ! އަޅުގަނޑުމެން އިންތިހާބުގައި ކުރިމަތި ލެއްވި އެމްޑީޕީ މެމްބަރުންނަށް ވޯޓް އަޅުއްވަނީއެވެ. އެމްޑީޕީ މެމްބަރުންނަށް ވީތީ އެވެ. އަޅުގަނޑުމެންގެ އޯގާވެރި ރައީސް ކެނެރީގޭ މުހައްމަދު ނަޝީދަށް ހެޔޮވެރިކަމެއް ކުރެއްވުމަށް ފުރުސަތު ދެއްވުމަށެވެ. އާހިރުގައި މިކަމުގެ ނަތީޖާ ހިތި ގޮތުގައި ދެކެން ތިބީ ވެސް އަޅުގަނޑުމެން ރައްޔިތުންނެވެ.

ކުރިންވެސް ދެންނެވި ފަދައިން އޭރުން މިވާގޮތަކީ ދެބަރު އެއް ވަނީ އެވެ. ޙުދުމުޙްތާރު ވެރިކަމަކަށް މަގު ހުޅުވުގެން ދަނީއެވެ. ބޮޑުމަސް ކުދިމަސް އައިނު ކާލާ އުސޫލު އާލާވަނީއެވެ. މަޖީލީހުގެ "ޕަވަރ" ވެރިކަން ކުރާ ޕާޓީގެ އަތްމައްޗަށް ދަނީއެވެ. އެހާލަތުގައި މަޖީލީސް ކުރާ ގޭގައި އޮންނާނީ ވެރިޔާގެ ނުފޫޒެވެ. މިނުފޫޒުގެ ނަތީޖާ އަކަށް ވާނީ މަޖިލީހުގެ ކޮންމެ މެމްބަރެއްގެ އަނގަތެރޭގައި ވެރިޔާގެ ބާރު ފޯރާ ދުލެއް އޮތުމެވެ.

ދަންނަވަންތޯއެވެ! މަޖިލީހުގެ އަޢުލަބިއްޔަތު އެމްޑީޕީ އަށް ލިބުމަކީ ދެބާރު ކީއްކުރަންތޯ އެވެ. ތިންބާރު ވެސް އެއްވާ ކަމެކެވެ. މުސްތަގިއްލު ކޮމިޝަންތަކަށް މެމްބަރުން ހޮވަނީ މަޖިލީހުންނެވެ. ނުފޫޒުގަދަ މަގާމު ތަކަށާއި ސުޕްރީމް ކޯޓަށް މެމްބަރުން ހޮވަނީ ވެސް ހަމަ މަޖިލީހުންނެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އާބަސް ބުނަން ތިބީ ވެސް ހަމަ މި މަޖީލީހުންނެވެ. ވީއިރު މަޖިލީހުގެ އަޢުލަބިއްޔަތު ލިބިފައިވާ އެމްޑީޕީ އިން އެމީހުންގެ ހިޔާލުތަކަށް [އެޙިޔާލު ތަކަކީ ރަނގަޅު ނުވަތަ ގޯސް ޙިޔާލު ތަކަކަށް ވިއަސް] އާއެކޭ ބުނާ ބަޔަކު، ނޫން ބަޔަކު ހޮވާނެތޯއެވެ.

ގައުމުގެ އެންމެހާ ދަރީންނޭވެ! މީހަކު ކޮންމެ ތާކުން ސިޔާސަތު ކިޔެވިއަސް، އެއީ ގާހިރާގެ ހިރަފުހުގައި ތަތްތެޅިގެން ކަމަށް ވިއަސް އަދި އިނގިރޭސިވިލާތުގައި ހޭބޯނާރާ މެރިޓައިމް ލޯ ކަމަށް ވިއަސް މިއީ މިއަދު ކަންތައްތައް އޮތް ގޮތެވެ. ކަންތައްތައް ވާން އޮތް ގޮތެވެ. ހަމަ ހިލާ މިހެން ވިޔަކަ ނުދޭށެވެ. ގޮތެއް އިޙްތިޔާރު ކުރަން ތިބީ ހަމަ ތިޔަ ލޮބުވެތި ރައްޔިތުންނެވެ. ޑިމޮކްރަސީގައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. އަހަރުމެންނަށް ލިބިފައިވާ ބާރު ފައިދާ ހުރި ގޮތުގައި ބޭނުން ކުރަމާ ތޯއެވެ. އެމްޑީޕީ މެމްބަރުނަށް ވީތީ ތިމަންނަމެންނަށް ވޯޓް އަޅަން ޖެހެއޭ ބުނާ މީހުން ލިސްޓުން "ޑިލީޓް" ކުރަމާ ހިނގާށެވެ. ޙުދު މުޙްތާރު ވެރިކަން ނިމުނު ގޮތަށް މަރާލާފައި ބާއްވަމާ ތޯއެވެ!

3 comments:

Anonymous said...

The wise say we must lie in the beds that we make for ourselves.Learn lessons from the the mistakes&the wrongs we committed in the name of "change".May God bless us with courage&patience and save our beloved nation.Amen.
-Thedhuveri Dhivehi Dhariyeh-

Anonymous said...

Thibeylhaa kihaa varei ge mauloomaatheh libigen liyunu article eh tho.. suvaalu ufedhey..

Anonymous said...

Kaaku gabool kuraanee MDP ge vaudhutha 30 aharu vandhen varikamuga thibe rayithun haaluga jassa corruption in 4 vefa thibi bayakah koh dhevey ne ye. Eh meehuneh beynumeh nuvey MDP koh dheyb uley kanthakuge faidhaa eh dhivehi dharin akah vaakah.
http://dhivehi-songs.blogspot.com