Monday, October 5, 2009

Welcome Dr.Saheedh !!!



ކުރިން އުޅުއްވަމުން ގެންދެވި ފެއިލް ވެފައިވާ ބޭފުޅުން ދޫކޮށް، ޤައުމީ ޕާޓީ ދޫކޮށްލައްވައި އެމްޑީޕީ އާ ގުޅިވަޑައިގެންނެވި ސަރުކާރުގެ ވަޒީރު ޑރ. ޝަހީދު އަށް މަރުހަބާ ކިޔަމެވެ. ގައުމުގެ ސިޔާސީ ހާލަތުގެ ގޮތުން ޝަހީދު އެނިންމި ނިންމުމަކީ ގައުމަށް ނުހަނު ފައިދާ ހުރި ނިންމުމެކެވެ.
ޑރ. ޝަހީދު އާއި މެދު އެއްޗެކޭ ދަންނަވާނަމަ ބުނެވޭނީ އެބޭފުޅާއަކީ ސިޔާސީ މައިދާނުގައި މިރާއްޖެއަށް އަގުހުރި މިސާލުތަކެއް ދައްކަވަމުންދާ ބޭފުޅެއް ކަމުގައެވެ. ކުރީގެ ސަރުކާރުގައިވެސް ވަޒީރުކަންކޮށް އަދި ހަމަ އެހެންމެ އަޅުގަނޑުމެންގެ އަތްފޯރާފަށުގައި މިވާ އެމްޑީޕީ ސަރުކާރުގައި ވެސް ވަޒީރެއްގެ މަޤާމު ފުރުއްވަމުން ގެންދަވާ ޝަހީދު އެމްޑީޕީ އާއި ގުޅިވަޑައިގެންނެވީ މިއަދުގެ މެންދުރު ވަގުތެއްގައެވެ.
އަޅުގަނޑަށް ލަފާ ކުރެވޭ ގޮތުގައި ޝަހީދު އެމްޑީޕީއާއި ގުޅުނު އެއް ސަބަބަކީ، އޭނާ އާއެކު އިސްލާހުގެ ނަމުގައި މަސައްކަތްކުރި އޭނާގެ ދެމިތުރުންގެ ޖާހިލު ހަރަކާތްތަކުން ސަލާމަތް ވުމަށެވެ.
އަޅުގަނޑު ވެސް ގަބޫލު ކުރާގޮތުގައި ސަރުކާރު ހިންގޭނީ ސަރުކާރު ދެކެ ލޯބި ވެގެންނެވެ. ސަރުކާރުގެ ވަޒީރަކު، ވެރިކަމުގެ ދަހިވެތިކަމުގައި އުޅޭ ބަޔަކާއެކު އުޅޭނަމަ އެފަދަ މީހަކަށް ޖެހޭނީ މާކަ ރަނގަޅު ދަނތުރަ އެއް ނޫނެވެ. އެހެންކަމުން ޑރ. ޝަހީދުގެ ނިންމުމަކީ އެކަމަށް އިޙްތިރާމް ލިބިގެންވާ ނިންމުމެކެވެ.

1 comment:

Shinau Shinaz said...

@Smokescreener.
Since Dr Shaheed has already declared his reason to join MDP, I don't think you can come up with those sarcastic assumption as you made in the second paragraph.