Tuesday, May 10, 2011

މާދުރުގައި...

ވަރަށް ވެސް ގިނަ ދުވަސް ވެއްޖެއެވެ. ހަމަ ވަރަށް ވަރަށް ގިނަ ދުވަހެވެ. މިދިޔަ ދުވަސްތަކުގައި ލައްކަ ގިނަ ކަންތައް ވެނިމިގެން ހިނގައްޖެއެވެ. ފިސާރި މުހިންމު ނިންމުންތައް ނިމިހިނގައްޖެއެވެ. ނަމަވެސް އުޅެވުނީ ލިޔުންތެރިކަމާ ނުވަތަ ބްލޮގްކުރުމާ ތަންކޮޅެއް ދުރުގައެވެ. ތަންކޮޅެކޭ ނުބުނެ ވަރަށް ދުރުގައޭ ވެސް ބުނެވޭ ވަރުވެއެވެ.

އެންމެ ފުރަތަމަ ކަމަކަށް އުނިވާރސިޓީ ކައުންސިލްގެ އިންތިޚާބެވެ. ފޯރިގަދަކަމާއެކު ކުރިއަށް ދިޔަ އިންތިޚާބުގައި އަޅުގަނޑު ފުރިހަމަ ތާއީދެއް ކުރީ އަޅުގަނޑާއެކުގައި އެއްމާޙައުލެއްގައި ކިޔަވަމުންދާ ދަރިވަރަކަށެވެ. ނަމަވެސް އިންތިޚާބުގައި ކުރިހޯއްދެވީ ވާދަވެރި ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ދަރިވަރެކެވެ. އުންމީދުކުރަނީ އެމަޤާމަށް ކޮންމެ މީހަކު ހޮވުނަސް ދަރިވަރުންގެ ހައްގުގައި އަޑު އުފުލާނެކަމަށެވެ.

މިދިޔަ ދުވަސްތަކުގައި އަޅުގަނޑު ކިޔަވަމުންދާ ފެކަލްޓީ އޮފް ޝަރިއާ އެންޑް ލޯގައި ދަރިވަރުންގެ ޖަމްއިއްޔާއެއް ވެސް ވުޖޫދަށް އަތުވެއްޖެއެވެ. އަދި އެޖަމްއިއްޔާގެ ޤަވާއިދެއް އެކުލަވާލެވި، ޖަމްއިއްޔާގެ މަގާމުތަކަށް މީހުން ހޮވުމުގެ އިންތިޚާބުވެސް އިއުލާނު ކުރެވިއްޖެއެވެ. ވަރަށް ގިނަ ދަރިވަރުންގެ ފުރިހަމަ އެއްބާރުލުމާއެކު ކުރެވުނު މިމަސައްކަތުން ފެކަލްޓީއަށް ނުހަނު ގިނަ ފައިދާތަކެއް ވުމަކީ ދެކޭ ހުވަފެނެކެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ފެކަލްޓީގެ އިންތިޚާބާ ގުޅޭ ލިޔުންތައް އިރާދަކުރެއްވިއްޔާ ލިޔަމުންގެންދާނަމެވެ! އާމީން!

No comments: